މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ ވޯކީ-ޓޯކީ ސެޓް އަދި އެއާއި ގުޅުންހުރި ތަކެތި ސަޕްލައިކޮށްދިނުމާއި ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުން
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ ވޯކީ-ޓޯކީ ސެޓް އަދި އެއާއި ގުޅުންހުރި ތަކެތި ސަޕްލައިކޮށްދިނުމާއި މި އޮފީހުގައި ބޭނުންކުރާ ވޯކީ-ޓޯކީ ސެޓްތައް އަދި އެއާއި ގުޅުންހުރި އެންމެހައި ތަކެތި ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.
15 ޖުލައި 2025
ހޯދާ