ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ސާނަވީ (އެސްއެސް.ސީ) އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރެއް ހޯދުން

އިޢުލާން

       2025 ވަނަ އަހަރުގެ ސާނަވީ (އެސްއެސް.ސީ) އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

2025 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ އަރަބި ޖަވާބު ކަރުދާސް މާކުކުރާނެ މާކަރަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

އަރަބި

މާކަރ

01

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ:

24 ޖުލައި 2025 އިން 03 އޮގަސްޓް 2025 އަށް (08:30 އިން 18:00 އަށް)

އުޖޫރަ:

  1. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
  2. މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ

ޝަރުޠު:

މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:

  1.  މިއަހަރު، އިމްތިޙާނުގައި ބައިވެރި ނުވާ ފަރާތަކަށްވުން
  2.  މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތުމާއެކު ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން މިހާރުވެސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ ލެކްޗަރާއެއްގެ ގޮތުގައި އަރަބިބަސް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ އަރަބިބަހުން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން

މަސްޢޫލިއްޔަތު:

 2025 ވަނަ އަހަރު އޭޕްރިލް ގައި ބޭއްވި ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި ޗީފް އެގްޒޭމިނަރ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު:         %45    
  2. ކިޔަވައި ދިނުމުގެ ތަޖުރިބާ:    %21   
  3. މަސައްކަތު ތަޖުރިބާ        %34     

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  1. މާކަރުން ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އަދަދަށް.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  3. އެ މާއްދާއާ ގުޅޭ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓާއި ތަޖުރިބާގެ ލިޔުންތައް
  4. ޝަހާދާ ސާނަވީގައި ނުވަތަ މަތީ ސާނަވީގައި އަރަބިބަސް ނުވަތަ އަރަބިބަހުން ސްކޫލެއްގައި މިހާރުވެސް ކިޔަވައިދޭކަން އެނގޭނެ ރަސްމީ ލިޔުން ނުވަތަ
  5. ޔުނިވަރސިޓީ / ކޮލެޖް ގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

 2025 ޖުލައި 21 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ( ހުރިހާ ޑޮކިއުމަންޓް ތައް ޕީ.ޑީ.އެފް ފައިލްގައި ހިމަނާފައި) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ. ( ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީ-މެއިލް މެދުވެރިކޮށް)
  • މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041338 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
14 ޖުލައި 2025
ހޯދާ