ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސަގާފީ ހަވީރު އިންތިޒާމްކޮށް ހުށަހަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 ނަންބަރު: 258/258/2025/49(IUL)                              

އިޢުލާން

މިއަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސަގާފީ ހަވީރު އިންތިޒާމްކޮށް ހުށަހަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިނިވަންދުވަހާއި ގުޅިގެން ސަގާފީ ހަވީރެއް (އަމިއްލަ ސައުންޑް އަދި އަމިއްލަ ތަކެތީގައި) އިންތިޒާމްކޮށް ހުށަހަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން 17 ޖުލައި 2025 (ބުރާސްފަތި) ވަނަ ދުވަހު 11:00 އަށް ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ.

ސަގާފީ ހަވީރުގައި ހުށަހަޅަންޖެހޭ އައިޓަމްތައް (މިނިވަންދުވަހާއި ގުޅޭ ދިވެހި ސަގާފީ ލަވަ)

-  ކުރުފަލި (1 ލަވަ)

-  މާފަތި (1 ލަވަ)

-  ބޮޑުބެރު (3 ލަވަ)

-  ދަނޑި ޖެހުން (1 ލަވަ)

-  ދަފިނެގުން (1 ލަވަ)

އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބު/ކޯޓޭޝަނެވެ. އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ކްލަބް/ޖަމިއްޔާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބު/ކޯޓޭޝަންތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މުޙައްރަމް 1447

14 ޖުލައި 2025               

14 ޖުލައި 2025
ހޯދާ