| މަގާމު:                   ބޭނުންވާ ޢަދަދު: މަގާމުގެ ބާވަތް: މަގާމުގެ ރޭންކް:  ސެކްޝަން / ޔުނިޓް: އޮފީސް: ވަޒީފާ އަދާކުރަންޖެހޭ ތަން: މުސާރަ: ސަރވިސް އެލަވަންސް: ސްޕެޝަލް ޑިއުޓީ އެލަވަންސް އިތުރު އިނާޔަތްތައް: | ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  / JN-29 1 (އެކެއް) ދާއިމީ DMA5-1 އެގްޒެކެޓިވް ބިއުރޯ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ މަހަކު 8235.00 ރުފިޔާ މަހަކު 3705.75 ރުފިޔާ މަހަކު 3294.00 ރުފިޔާ 1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. | 
| މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: | 
| 1. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް އަދި ސްޓިއަރިންގ ކޮމިޓީގެ ސެކެއްޓްރިއޭޓްގެ މަސައްކަތްތައް ކުރުން 
ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާއި ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުންތައް ރާވާ އިންތިޒާމް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރުން.ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާއި ސްޓިއަރިންގ ކޮމިޓީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތަކަށާއި މުއާމަލާތްތައް ކުރުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކުރުންޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާއި ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުންޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާއި ސްޓިއަރިންގ ކޮމިޓީގެ މަސައްކަތްތަކާއި ގުޅުންހުރި ލިޔެކިއުންތައް ބަލަހައްޓާ ފައިލު ކުރުން 2. އޮތޯރިޓީ އެގްޒެކެޓިވް ބިއުރޯގެ އިދާރީ މަސައްކަތްތައް ކުރުން. 
ޗީފް އެގްޒެކެޓިވް އަދި ޑެޕިއުޓީ ޗީފް އެގްޒެކެޓިވްގެ ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި އިންތިޒާމް ކުރުންއެގްޒެކެޓިވް ބިއުރޯގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުންސީނިއަރ މެނޭޖްމަންޓް ޓީމުގެ ބައްދަލުވުންތައް ގަވައިދުން އިންތިޒާމްކުރުމާއި މަސައްކަތްތައް ކުރިއަށް ދާވަރު ބެލެމަށް ކަނޑައެޅިފައިވާ ކަންތައްތައް ތަންފީޒުވާ މިންވަރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުންއޮތޯރިޓީގެ ފަރާތުން މިނިސްޓަރ އޮފް ޑިފެންސާއި ހިއްސާކުރުމަށް ކަނޑައެޅިފައި ހުންނަ މައުލޫމާތުތައް ގަވައިދުން ހިއްސާކުރުންޗީފް އެގްޒެކެޓިވް އަދި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ކުރަން ހަމަޖެހިފައިވާ ދަތުރުތަކުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުންޗީފް އެގްޒެކެޓިވް އަދި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ބައިވެރިވާ ބައްދަލުވުންތަކުގެ ޓޯކިން ޕޮއިންޓްސް ދުރާލާ ތައްޔާރުކުރުން 3. އޮތޯރިޓީގެ އިދާރީ ހިންގުމާއި ގުޅުންހުރި މަސައްކަތްތައް 
އޮތޯރިޓީގެ ފަރާތުން ބަލަހައްޓާ އިމަރޖެންސީ ހޮޓްލައިން ކަނޑައެޅޭ ތާވަލާއި އެއްގޮތަށް ބެލެހެއްޓުންރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާތަކަށް އިޖާބަ ދިނުމަށާއި، މީހުން ސަލާމަތް ކުރުމަށާއި ރިލީފު އެހީ ފޯރުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަން ތިމާގެ މައްޗަށް ހުރި މުވައްޒަފަކު އަންގަވާގޮތުގެ މަތިން ކުރުންއޮތޯރިޓީގެ ފަރާތުން ރާވާ ހިންގާ ޕްރޮގްރާމްތަކާއި ޓްރޭނިންތަކާއި އަތޮޅުތެރޭގައި ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން. 
ބޭރުގެ އެހީލިބިގެން ހިންގާ މަޝްރޫޢުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި މަޝްރޫޢުގެ ތެރެއިން ހިންގުމަށް ހަވާލުކުރެވޭ ހަރަކާތްތައް ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޒިންމާދާރުކަމާއިއެކު ކުރުން | 
| މަގާމުގެ ޝަރުތުތައް: | 
| 
މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. | 
| ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް: | 
| 
ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ     (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | 
| ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| 
ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ލިބިފައިވާ މިންވަރު %45ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55 | 
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | 
| މަގާމުތަކަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 22  ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| ޝޯޓް ލިސްޓް ކުރުން: | 
| މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ. | 
| އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ   03 އޮގަސްޓު 2025 އިން 07 އޮގަސްޓު 2025  އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | 
| ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން: | 
| އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
|  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ. |