މަޤާމް
|
އެސިސްޓެންޓްޕްރޮޑިއުސަރ
|
މަޤާމުގެ ރޭންކް
|
L9 – F1 (P)
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
ޓީވީ ޕްރޮޑަކްޝަން
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު
|
އަސާސީ މުސާރަ
|
-/7,000ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,500 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ސާނަވީ އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
- މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޕީއެސްއެމްގެ ޗެނަލްތަށް އިސްތިހާރު ކުރުމަށް ސޯޝަލް މީޑިއާ އަށް ކުރު ވީޑިއޯ ކްލިޕް ޕްރެޒެންޓް ކޮށްގެން ހެދުމާއި އެފަދަ ވީޑިއޯ އެޑިޓްކޮށް އަޕްލޯޑް ކުރުން.
- ޕީއެސްއެމް ސޯޝަލް މީޑިއާ އަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުމަށްޓަކައި އޮންއެއަރ އަދި ލައިބްރަރީ އާރކައިވް މެޓީރިއަލްސް ކެޕްޗަރކުރުން. މިމަސައްކަތުގައި ކޮންޓެންޓްގެ ފޯރމެޓް ބަދަލުކުރުމާއި އެޑިޓް ކުރުން.
- ވީއޯޑީ އަދި ސޯޝަލް މީޑީއާއަށް އަޕްލޯޑް ކުރުމަށް ތައްޔާރުކުރެވޭ ކޮންޓެންޓްތައް އާކައިވް ކުރުން. އަދި މިކޮންޓެންޓްތަކަށް ރައްކާތެރިވުން. އަދި ޕީއެސްއެމްގެ ބޭނުމަކަށް ފިޔަވައި އެހެން އެއްވެސް ކަމަކަށް ބޭނުން ނުކުރުން.
- ސޯޝަލް މީޑިއާއަށް ތައްޔާރުކުރެވޭ އެކިއެކި ޕްރޮގްރާމްތަކުގެ ޕޯސްޓް ޑިޒައިންކުރުމާއި ޓެމްޕްލެޓް ހެދުމާއި އެޑިޓްކޮށް ޕޯސްޓް ތައްޔާރުކުރުން.
- ޕީއެސްއެމް ޗެނަލްތަކުން އެއަރ ކުރެވޭ ޕްރޮގްރާމް، ލައިވް އިވެންޓްސް އެޑިޓްކޮށް ހައިލައިޓްސް ތައްޔާރުކުރުން.
- ސޯޝަލް މީޑިއާ އަށް ބޭނުންވާ ސްލައިޓް ހެދުމާއި އޮންނަ އުސޫލުން އަޕްކުރަމުން ދިއުން.
- ޓީވީއެމް އިން ޔޫޓިއުބަށް އަޕްލޯޓް ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ކުރުކޮށް އޮންނަ އުސޫލުން އަޕްލޯޑް ކުރަމުން ގެންދިއުމަށް.
- ސޯޝަލް މީޑިއާއަށް ބޭނުންވާ ޙާއްސަ ހާލަތްތަކުގައި މަސައްކަތް ކުރުން.
- ވަކި ބާވަތެއްގެ ކޮންޓެންޓް އުފެއްދުމަށް ކުންފުނިން ބޭނުންވެއްޖެ ހިނދެއްގައި ސޯޝަލް މީޑިއާއަށް އުފައްދާ ކޮންޓެންޓަކީ ޕީއެސްއެމް ގާނޫނާއި އެއްގޮތަށް އުފައްދާ ކޮންޓެންޓަކަށްވުން.
- ކޮންޓެންޓް ނެގުމާއި އެޑިޓްކުރުމާއި އަދި ޕޯސްޓް ޕްރޮޑަކްޝަން އަމިއްލައަށް ކުރުން.
- ކުންފުނީގެ ޕޮލިސީ ނުވަތަ ގައިޑްލައިނަށް އަންނަ ބަދަލަކާއެކު ޑިޕާޓްމަންޓް އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
- ޑިޕާޓްމަންޓްގެ ސިއްރުތައް ހިފެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރަން މަސައްކަތް ކުރުމާއި، މަސްލަޙަތަށް ބުރޫ އަރާފާނެ އެއްވެސް ކަމެއް ނުކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 21 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207, 3000228 އާއި ގުޅުއްވުން އެދެމެވެ.
|