މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖު / ކޮންޓްރެކްޓް އުޞޫލުން މިސްކިތު އިމާމުކަމާއި މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތްތައް ހޯދުން

2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މިރަށު ހުކުރު މިސްކިތުގެ އިމާމު އަދި މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަޝްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އިމާމުކަމާއި މަސައްކަތު މީހުންގެ މަސްއޫލިޔަތު އަދާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ. އިމާމު / މުދިމްކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަޝްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށްވާންޖެހޭނެއެވެ. އަދި މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ފައިސާ ދެވޭނީގޮތް ތިރީގައި އެވަނީއެވެ.

1- އިމާމު ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް( 61/- ރުފިޔާ
2- މުދިމު ސަނަދު ނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް ( 53/- ރުފިޔާ
3- މަސައްކަތު މީހަކަށް (ނަމާދުކުރާ ވަގުތަކަށް ( 45/- ރުފިޔާ

ވީމާ، މިކަމަށް އެދޭފަރާތްތަކުން 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

14 ޖުލައި 2025
ހޯދާ