އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަށް 5 ބިން ކުއްޔަށް ދޫކުރުމާބެހޭ

                                                           

 

އިޢުލާން

ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަށް  5ބިން ކުއްޔަށް ދޫކުރުމާބެހޭ

                  

          އަރިއަތޮޅު ދެކުނުބުރީ ދިގުރަށުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް 5 ސަރަޙައްދަކުން 100 އަކަފޫޓުގެ 5 ބިން އަދި ސަޕޯޓިންގ ލޭންޑް، މީލާދީ 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ކުއްޔަށް ދޫކުރެވޭ 5 ބިމަށް ކުރިމަތިލެވޭނީ ރަށުގެ ރައްވެއްސެއް ހިމެނޭގޮތަށް ރަޖިސްޓަރީ ކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިގޮތުން ބިން ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ތިރީގައި މިވަނީއެވެ. މި ސަރަޙައްދުތައް ފާހަގަކޮށްފައިވާ ޗާޓް އަދި މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ.

  • ފުޑް ކާޓް 1 – ކުޑަކުދިންގެ ޕާރކް ސަރަހައްދު -
  • ފުޑް ކާޓް 2 - ކިނބިގަސް ދިމާލު ޕާރކް ސަރަހައްދު
  • ފުޑް ކާޓް 3 - ޔޫތު ސެންޓަރާއި ދިމާލު ބީޗް ސަރަހައްދު
  • ފުޑް ކާޓް 4 - އިސްކަންދަރުމަގު ހުޅަނގު ފަރާތު ބީޗް ސަރަހައްދު
  • ފުޑް ކާޓް 5 - އިސްކަންދަރުމަގު އިރުމަތީ ފަރާތު ބީޗް ސަރަހައްދު
  • ކޮންމެ ސަރަހައްދަކާއި އިންވެގެން އޮންނަ ބިމުން ގިނަވެގެން 1000 އަކަފޫޓު ސަޕޯޓިންގ ލޭންޑގެ ގޮތުގައި ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް އެފަރާތްތަކުން ބޭނުންވާނަމަ ކުއްޔަށް ދޫކުރެވޭނެއެވެ. އަދި މިގޮތަށް ދޫކުރެވޭ ކޮންމެ އަކަފޫޓަކަށް -/2 ކައުންސިލަށް ދައްކަންޖެހޭނެއެވެ.

           

        ބިންތައް ކުއްޔަށްހިފުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ބިޑު ފޯރމް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި -/5000 ރ. (ފަސްހާސް ރުފިޔާ) ދައްކަން ޖެހޭނެއެވެ. ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ބިމަކަށް ވަކިން ރަޖިސްޓްރީކޮށް، ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ކޮންމެ ބިމަކަށް -/200 ރ. (ދުއިސައްތަ ރުފިޔާ) ކައުންސިލަށް ދައްކަން ޖެހޭނެއެވެ. ރަޖިސްޓްރޭޝަން ފެށޭނީ 14 ޖުލައި 2025 ވާ ހޯމަ ދުވަހުއެވެ. ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާނީ 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގައެވެ.

        ބިންތައް ކުއްޔަށް ހިފުމަށް ރަޖިސްޓްރީވާން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގައި ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އީ.މެއިލް[email protected]  އަށް އީ.މެއިލް އިން ހުށަހަޅައިގެންވެސް ރަޖިސްޓަރީ ކުރެވިދާނެއެވެ. މިގޮތުން އީ.މެއިލް ފޮނުއްވައިގެން ރަޖިސްޓަރީވާ ފަރާތްތަކުން ކައުންސިލްގެ ޢާމްދަނީ އެކައުންޓް ނަންބަރު 7722700347001  (1 1398 Revenue) އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ފައިސާ ދެއްކި ރަސީދު ކައުންސިލްގެ ހޮޓްލައިން 9593939 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރުމުން ބިޑް ފޯރމާއި މަޢުލޫމާތު ފޯރމް އެފަރާތްތަކަށް ފޮނުވޭނެއެވެ.

        ބިންތައް ކުއްޔަށް ދިނުމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

         ބިޑް ހުށަހެޅުމުގެ ސުންގަޑި އަކީ 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. ބިޑް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ކައުންސިލްގެ ރަސްމީ އީމެއިލް[email protected]  : އަށް މެއިލް ކޮށްގެންވެސް ބިޑް ހުށަހެޅިދާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ނަންބަރު: 6680631 އަށް އަދި ނުރަސްމީގަޑީގައި ކައުންސިލްގެ ހޮޓްލައިން ނަންބަރު: 9593939 އަށް ގުޅުއްވުން އެދެމެވެ.

    ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

    

 

                                                   އިބްރާހީމް ޢުޘްމާން

                                                  ކައުންސިލްގެ ރައީސް

13 ޖުލައި 2025
ހޯދާ