ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ހުދާގައި މިހާރު ބޭނުންކުރަމުންދާ 02 ފެންވަޅު ތަޅާލުމަށްފަހު 01 ވަޅު އަލުން ހެދުމުގެ މަސައްކަތް ކައުންސިލުންދޭ އިރުޝާދާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް މިމަސައްކަތަށް އަގު ހުށަހަޅައި ފޯމާއި ކޯޓޭޝަން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތައް އަގު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ.
މިއިޢުލާނާއި ގުޅިގެން އަގު ހުށަހަޅާ ފޯމު އަދި ކޯޓޭޝަން ހުށަހެޅޭނީ ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ފޯމު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން |
17 ޖުލައި 2025 30:10 |
21 ޖުލައި 2025 00:11 |
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ފޯން : ރަސްމީ ގަޑީގައި ނަމަ 6500039 އަށް ނުވަތަ 7797902 / 7972780 އަށް.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.