މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ބިންދޫކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/08

މަޑުއްވަރީގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށާއި އަދި ކުރިމަގުގައި އެވިޔަފާރި މިރަށުގައި ކުރަން ބޭނުންވާ ފަރާތްތަކުން، މޫދަށް އެރޭ ސަރަޙައްދުގެ ގޮތުގައި ބޭނުންކުރުމަށް އުފުލަންދޫން ކަނޑައެޅި ސަރަޙައްދުން، 1000 އަކަފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ ބިން، 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ބިމުގައި ކުރެވޭ ބޭނުން

  1. ގެސްޓުންގެ ޚިދުމަތަށް ގެންދާތަކެތި ބަހައްޓާ ގުދަން ހެދުން.
  2. ތަކެތި ބަލަހައްޓާ މީހާގެ އެކޮމޮޑޭޝަން ހެދުން.
  3. ވޯޓަރ ސްޕޯޓްސް ހަޓު ހެދުން.
  4. ގެސްޓުންނާއި ގުޅުންހުރި އެކިއެކި ޚަރަކާތްތައް ހިންގާ ހަރުގެ ހެދުން.

ކުރުން މަނާ ކަންތައްތައް

  1. ރުއްގަސް ކެނޑުން.
  2. ރުއް އެޅުން.
  3. ރުއްގަހުން ލިބޭ ތަކެތި ބޭނުންކުރުން.
  4. ރުއްގަހުން ލިބޭ ތަކެތި ހޮވުމާއި ރަށުން ބޭރުކުރުން.
  5. ދަނޑުވެރިންގެ ހުއްދަނެތި، ދަނޑު ހައްދާ ސަރަޙައްދަށްވަނުން.

ބިމުގެ އަގު

  1. ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 1 (އެކެއް) ރުފިޔާއެވެ.

ރަޖިސްޓްރީކުރުން

2025 ޖުލައި 20 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ގެސްޓްހައުސް ހިންގާފަރާތްތަކަށް އުފުލަންދޫން ދޫކުރާ ބިންތަކުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2025 ޖުލައި 20 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2025 ޖުލައި 21 ވާ ހޯމަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ބިންދޫކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.

- ގެސްޓްހައުސް އޮޕަރޭޓްކުރުމުގެ ހުއްދަ.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ:

- އަކަފޫޓަކަށް ހުށަހަޅާ އަގު: %80

- ސީ.އެސް.އާރުން އަހަރަކު ޚަރަދުކުރާ މިންވަރު: %20

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑުއަގެވެ.
  2. ބިޑް އިވެލުވޭޓްކުރުމުގައި ބެންޗް މާކުގެ ސީއެސްއާރުން އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދަށެވެ.
  3. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  4. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  5. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  1. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ، 1 (އެކެއް) އަންދާސީ ހިސާބެވެ.
  2. ވިޔަފާރީގެ ވެރިފަރާތް ނޫން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖުލައި 2025
ހޯދާ