މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ވިޔަފާރިތަކަށް ދޫކުރާ 4 ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މ.މަޑުއްވަރީގައި ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް ޝައުޤުވެރިވެ ލައްވަވާ ފަރާތްތަކުން " ބީލަމުގެ އުޞޫލުން މ. މަޑުއްވަރިން ބިންކުއްޔަށް ހިފުމަށްއެދޭފޯމް " ފުރިހަމަ ކުރައްވަވާ ހުށަހެޅުއްވުން އެދެމެވެ.

މިފޯމް ބަންދުނޫން ދުވަސްތަކުގައި 9:00 އިން 14:00 އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ލިބޭނެއެވެ. ފޯމްގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވަވާ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅުއްވާނީ 2025 ޖުލައި 22 ވަނަ ދުވަހުގެ 13:30 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ މުސާވިރު މާލަމަށް ދުރުވެ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅަން ވާނީ ސިޓީ އުރައަކަށް ފޯމްލައި ސިޓީއުރަ ބަންދު ކޮށްގެންނެވެ. ސިޓީ އުރަ ކަނޑާނީ ފޯމް ހުށަހަޅަން އައި ހުރިހާ މީހުންގެ ޙާޟިރުގައެވެ. ފޯމް ހުށަހަޅަން ބުނެފައިވާ ގަޑީގެފަހުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ބީލަމުގެ އުޞޫލުން ދޫކުރާބިންތަކުގެ މަޢުލޫމަތު

ގެސްޓްހައުސް ހިންގުމަށް ދޫކުރާބިން -1

ބިންއޮތްތަން : މ.މަޑުއްވަރީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ ދެކުނުން އޮތް ބިން ( ކުރީގެ ނެޓްބޯޅަ ކޯޓު )

ބިމުގެ ބޮޑުމިން : 51 ފޫޓް ( ފަންސާސް އެއް ފޫޓް )  x 60.7 ( ފަސްދޮޅަސް ފޫޓް 7 އިންޗި ) ( 3095.7 އަކަފޫޓް )

ބިމުގައި ކުރެވޭނެ ބޭނުން : ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ( ގެސްޓް ހައުސް ހިންގުމަށް )

ބިން ކުއްޔަށް ދޫކުރާ މުއްދަތު :  ގިނަވެގެން 30 (ތިރީސްއަހަރު ދުވަސް)

ބިމަށް ކުލި ނަގާނެގޮތް : މަސްދުވަހުގެ ކުލިނަގާނީބިމުގެ އަކަފޫޓަކަށް މަދުވެގެން 0.75 ލާރީގެ ރޭޓުންޖެހޭ ޢަދަދުގެ ފައިސާއެވެ.

ބިމުގެ ސިފަ : މިބިމަކީ އިރު ، ހުޅަނގު އެއްވަރަށް 51 ފޫޓް ، އުތުރު ދެކުނު އެއްވަރަށް 60.7 ބިމެކެވެ.

ގެސްޓްހައުސް ހިންގުމަށް ދޫކުރާބިން -2

ބިންއޮތްތަން : މ.މަޑުއްވަރީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ ދެކުނުން އޮތް ބިން ( ކުރީގެ ނެޓްބޯޅަ ކޯޓު އަދި ވޮލީކޯޓް ހިމެނޭ ސްޕޯޓްސް އެރީނާ ސަރަހައްދު )

ގެސްޓްހައުސް ހިންގުމަށް ދޫކުރާބިން -3

ގެސްޓްހައުސް ހިންގުމަށް ދޫކުރާބިން -4

ބިންއޮތްތަން : މ.މަޑުއްވަރީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ ދެކުނުން އޮތް ބިން ( ކުރީގެ ވޮލީކޯޓް ހިމެނޭ ސްޕޯޓްސް އެރީނާ ސަރަހައްދު )

ބިމުގެ ބޮޑުމިން : 51 ފޫޓް ( ފަންސާސް އެއް ފޫޓް )  x 60.7 ( ފަސްދޮޅަސް ފޫޓް 7 އިންޗި ) ( 3095.7 އަކަފޫޓް )

ބިމުގައި ކުރެވޭނެ ބޭނުން : ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ( ގެސްޓް ހައުސް ހިންގުމަށް )

ބިން ކުއްޔަށް ދޫކުރާ މުއްދަތު :  ގިނަވެގެން 30 (ތިރީސްއަހަރު ދުވަސް)

ބިމަށް ކުލި ނަގާނެގޮތް : މަސްދުވަހުގެ ކުލިނަގާނީބިމުގެ އަކަފޫޓަކަށް މަދުވެގެން 0.75 ލާރީގެ ރޭޓުންޖެހޭ ޢަދަދުގެ ފައިސާއެވެ.

ބިމުގެ ސިފަ : މިބިމަކީ އިރު ، ހުޅަނގު އެއްވަރަށް 51 ފޫޓް ، އުތުރު ދެކުނު އެއްވަރަށް 60.7 ބިމެކެވެ.

ބިންކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:

1-      ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުއްޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ބިދޭސީ ވިޔަފާރިއެއް ކަމަށްވުން .

2-      ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި ، މަކަރާއި ހީލަތްހެދުމާއި ، ފްރޭމްގެ ކުށެއް ސާބިތުވެފައި ނުވުމާއި އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދަ ޤާނޫނީ ޝަޚްސަކަށް ނުވުން.

3-      އިފްލާސް ކޮށްފައިވާ ޤާނޫނީ ޝަޚްސަކަށްނުވުން.

ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް :

v ކުލީގެގޮތުގައި ހުށަހަޅާ އެއްމެބޮޑު ކުއްޔަށް %40

v ކުއްޔަށް ނެގުމަށް ހުށަހަޅާ ފަރާތުގެ މާލީތަނަވަސް ކަމަށް (ބަލާނީ ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓަށެވެ.)

v ސީއެސްއާރުގެ ގޮތުގައި ހުށަހަޅާ ފައިސާގެ އަދަށް %50

  ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ހުށަހަޅާފައިވާ އެއްމެ މަތީއަގަކީ  ބެންޗްމާކް ކަމަށް ބަލައިގެންނެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖުލައި 2025
ހޯދާ