ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ކުނިކެހުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ބޭނުންކުރުމަށް 400 ސޭފްޓީ ވެސްޓު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
މަޢުލޫމާތު ސާފުކުރުން |
15 ޖުލައި 2025 (އަންގާރަ) |
13:00 |
އާންމު ޚިދުމަތްތަކާބެހޭ ބައި/ މާލެ ސިޓީ ކައުންސިލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
އަގު ހުށަހެޅުން |
24 ޖުލައި 2025 (ބުރާސްފަތި) |
10:00 |
އާންމު ޚިދުމަތްތަކާބެހޭ ބައި/ މާލެ ސިޓީ ކައުންސިލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތްތަކުގެ އާންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.