މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫ ހިނަވާގެ އިމާރާތްކުރުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ދައުވަތު- 2 ވަނަ އިއުލާން

މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ މަސްޖިދުލް އިސްރާގެ ގޯތިތެރޭގައި ހިނަވާގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 16 ޖޫން 2025 ގައި ކުރެވުނު އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައި އަލުން އިއުލާންކުރަމެވެ.

                  މި މަސައްކަތަށް ބީލަން ހުށައެޅުއްވޭނެ ފަރާތްތަކާއި މަސައްކަތުގެ ތަފްސީލު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.

                  މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރައްވައި 2025 ޖުލައި 17 ވަނަ ދުވަހުގެ  14:00 ގެ  ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

                  މި އިއުލާނާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 ޖުލައި 17 ވަނަ ދުވަހުގެ  14:00 ގެ  ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

                  ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި އިދާރާގައެވެ.

13 ޖުލައި 2025
ހޯދާ