ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބަންދާއިމެދު ގޮތެއް ނިންމުމަށް ބޭއްވޭ މަޖިލިސްތަކަށް ޙާޟިރުކުރުމާގުޅޭ

ނަންބަރު: Q10C-A/2025/27 

އިޢުލާން

 

 

ބަންދާއިމެދު ގޮތެއް ނިންމުމަށް ބޭއްވޭ މަޖިލިސްތަކަށް ޙާޟިރުކުރުމާގުޅޭ

ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި 2025 ޖުލައި 21 ވަނަ ދުވަހުން ފެށިގެން ގދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް އެފަދަ މީހުން ޙާޟިރުކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަހެއްނަމަ، އެދުވަހެއްގެ  13:00 (ތޭރަގަޑި ސުންމިނުޓް)ގައި ކަމަށާއި، އަދި ރަސްމީ ބަންދު ދުވަހެއްނަމަ، އެ ދުވަހުގެއްގެ 14:00 (ސާދަގަޑި ސުންމިނުޓް)ގައި ކަމަށް، ޤަވާޢިދު ނަންބަރު:2021-SC-REG-01 (ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދު)ގެ 6 ވަނަ މާއްދާގެ ދަށުން ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ވަނީ ކަނޑައަޅުއްވާފައެވެ.

މިގޮތަށް ކަނޑައަޅުއްވާފައި ވީނަމަވެސް، އެ ދުވަހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގައި މަޖިލިސް ބޭއްވުމަށް ދަތިވާފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރަންޖެހޭ ގަޑިއަށް ބަދަލުގެނައުމުގެ އިޚްތިޔާރު އެ ކޯޓެއް ހިންގުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓަށް ނުވަތަ އެދުވަހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ކުރިޔަށް ގެންދިއުމަށް ކަނޑައެޅިފައިވާ މެޖިސްޓްރޭޓަށް ލިބިގެންވާ ކަމަށްވެސް ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަނޑައަޅުއްވާފައިވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި މި އިޢުލާނަށް ޢަމަލުކުރަން ފެށުމާއެކު މިކޯޓުގެ ނަންބަރު:(05/07/2021) Q10C-A/2021/10 އިޢުލާނަށް ޢަމަލުކުރުން ނިމުމަކަށް އައީ ކަމުގައިވެސް ދެންނެވީމެވެ.

 

 

 

18 މުޙައްރަމް 1447 

13 ޖުލައި 2025

 

 

 

                                                               ޙުސައިން ޝިޔާމް

                                                             ޗީފް އެޑްމިނިސްޓްރޭޓަރ 

13 ޖުލައި 2025
ހޯދާ