މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކޮށް ޑޮކިޔުމަންޓްތައް ސްކޭންކުރުމުގެ މަސައްކަތް ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފުން.

އިޢުލާން

 

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކޮށް ޑޮކިޔުމަންޓްތައް ސްކޭންކުރުމުގެ މަސައްކަތް ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފުން.

 

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 16 ޖުލައި 2025 ވާ  ބުދަ ދުވަހު ގެ 23:59 ގެ ކުރިން [email protected] އަށް (އިޢުލާން ނަންބަރ، ކުންފުނީގެ ނަން، ޕަވަރ އޮފް އެޓަރނީގެ ނަމާއި އީ-މެއިލް އަދި ފޯނު ނަންބަރ އަދި އަމިއްލަ ފަރާތެއް ނަމަ ފުރިހަމަ ނަމާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި އީ-މެއިލް އަދި ފޯނު ނަންބަރ) އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމާއި ހުޅުވުން އޮންނާނީ 24 ޖުލައި 2025 ވާ  ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އުމަރު ޒާހިރު އޮފީސް އިމާރާތުގެ  5 ވަނަ ފަންގިފިލާގައިއެވެ. މި އިއުލާނާއެކު ބީލަން މަޢުލޫމާތު ޝީޓް ހިމެނޭހެން   ގެޒެޓް ކުރެވިފައިވާނެއެވެ.

ޝައުގުވެރިކަން ފާޅު ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި އޮތޯރިޓީން އިރުޝާދު ދޭ ގޮތަކަށެވެ.

 

ޖެނެރަލް އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް އެންޑް ސަޕޯރޓް ޔުނިޓް

އެޑްމިނިސްޓްރޭޝަން ސެކްޝަން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް

އޯކިޑްމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]       ފޯން: 3026656 /    3026676

 

13 ޖުލައި 2025
ހޯދާ