ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރވާ ސެޓަޕް ހެދުމަށް ކޯޓޭޝަން ހުށަހެޅުން.

މި އިޢުލާން އާއި އެކު އާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ އިދާރާގެ ސާވާސެޓަޕް ހަދައިދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ޖުލައި 2025 ވަނަ ދުވަހުގެ 13:30 މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv  މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ.

 

ޕޮއިންޓް ދެވޭނޭގޮތް:

-         މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %90 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 90 މާކްސް ލިބޭގޮތަށް)

-         މުއްދަތު: 5% (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް 5 މާކްސް ލިބޭގޮތަށް)

-         ތަޖުރިބާއަށް %5 (މަސައްކަތު ދާއިރާގެ ތަޖުރިބާ 5 ލިޔުމަށް، ހުށަހަޅާ ލިޔުމަކަށް 1 މާކްސް ލިބޭގޮތަށް)

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖުލައި 2025
ހޯދާ