ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން 25 ޖުލައި 2025 ވާ ހުކުރު ދުވަހުގެ 20:30 ގައި ކިހާދޫ ސުކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މައުރޫފް ޒާކިރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާ ރައްޔިތުންގެ ތެރެއިން 1 ފަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުގެ ފަރާތުން ދެއްވާ ޢުމުރާ ދަތުރުގެ ކޫޕަން ފުރުން އޮންނާނެއެވެ.
ބައްދަލުވުމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންކަން.
1. 2025 ވަނަ އަހަރުގެ ފުރަތަމަ 06 މަސް ދުވަހު ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުން.
2. ކައުންސިލުން 2025 ވަނަ އަހަރު ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ޙިއްސާކުރުން.
3. ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވުން.
4. ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރ އަލްފާޟިލް މަޢުރޫފް ޒާކިރް ވާހަކަފުޅު ދެއްކެވުން.
5. ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލުން.
ވީމާ، އެންމެހާ ރައްޔިތުންނަށް މިބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި 2025 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓް އާންމުކޮށް ފެންނާނެހެން ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕުގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.