ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހިޔާ އިމާރާތުގެ އާބާތުރަފިލުވައިދޭނެފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެން ހަދައިފައިވާ 2 ހިޔާ އިމާރާތް ("އެއިރޯ ރެސިޑެންސް")، މިކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް އާބާތުރަފިލުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ތަށިމުށި ޖެހުން، ކުލަލުން، ކަރަންޓާއި ފެނާއި ފިނިޝިންގެ މައްސަލަތައް ހައްލުކުރުންފަދަ މަސައްކަތްތައް ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖުލައި 20 ވާ އާދިއްތަދުވަހުގެ ހެދުނު 11:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގެ GC01 ދާއިރާއިން 1، 2 ނޫނީ 3 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައިވާ ފަރާތަކަށްވާންވާނެއެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޮގަސްޓް 05 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 އޮގަސްޓް 05 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.