ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025"ގެމީޑިއަރ ޕާޓްނަރ އަދި ލައިވް ކަވަރޭޖް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 12 ޖުލައި 2025 16:48 ގައި ބާތިލް ކުރެވިފައެވެ.


އިއުލާން ނަންބަރު :(IUL)242-CA/242/2025/19

 

                                                                 އިޢުލާން

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025"ގެމީޑިއަރ ޕާޓްނަރ އަދި  ލައިވް ކަވަރޭޖް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)242-AS/242/2025/13 އިއުލާނުގައި ވާ "ލައިވް ކަވަރޭޖް" ގެ މަސައްކަތް އަލުން އިޢުލާންކުރުމަށް ޓެންޑަރ ކޮމެޓީން ނިންމާފައިވާތީ،މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

             މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ލައިވް ކަވަރޭޖް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

             ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާއި ގުޅިގެން ބީލަން ހުށަހެޅުން އޮންނާނީ 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. ހުށަހަޅުއްވާ ދުވަހުގެ 10:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6841032 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން: 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                          

12 ޖުލައި 2025
ހޯދާ