މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އޮރެންޖް ހިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން                                         

އޮރެންޖް ހިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

މިއިޢުލާނާއި ގުޅޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 ޖުލައި 2025 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00 ގައި އޮރެންޖް ހިޔާ ބިލްޑިންގ ތިންވަނަ ފަންގިފިލާ (ހުޅުމާލެ ފޭސް-1) ގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ޖުލައި  2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23  ޖުލައި 2025 ވާ ބުދަ ދުވަހު މެންދުރުފަސް 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                                15 މުޙައްރަމު 1447ހ.

10 ޖުލައި 2025
ހޯދާ