- އައު އުފެއްދުންތައް އީޖާދުކުރުމާއި މިހާރު ބޭނުން ކުރަމުންދާ ވަސީލަތްތައް ތަރައްޤީކޮށް އިތުރަށް ކުރިއެރުވުމަށް ގޮތްތަށް ހޯދާ، އެންމެ އެކަށީގެންވާ ގޮތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރުން.
- މާކެޓިންގ އަދި ޓެކްނިކަލް ޓީމްތަކާއި އެކު އައު އުފެއްދުންތަކާއި އައު ގޮތްތައް، އަދި މަސައްކަތް ކުރިއަށް ގެންދިއުމާއި ހިންގުމަށް ރާސްތާ ޕްލޭން ތައްޔާރުކުރުމާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރުން.
- ޕްރޮޖެކްޓްސް ގެ މަސައްކަތުގެ ފެންވަރު ބެލުމާއި ލަނޑުދަނޑިތައް ކަނޑައޅިފައިވާ މުއްދަތުގެ ތެރޭގައި ހާސިލްވޭތޯ ކަށަވަރުކުރުން.
- އާރް.އެންޑް.ޑީ ޑިޕާރޓްމަންޓްގެ ދުވަހުގެ މަސައްކަތްތަކާއި، ތަމްރީންތައް ހިންގުމާއި، އިރުޝާދުތައް މުވައްޒަފުންނަށް ފޯރުކޮށްދިނުން އަދި މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމާއި ސުޕަވައިޒްކޮށް މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭތޯ ކަށަވަރުކުރުން.
.
- ޕްރޮޑަކްޝަން ލައިން އެސެމްބްލް ކުރުމުގައި ނުވަތަ އުފެއްދުމުގައި އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގެ ފޯރުކޮށްދިނުން .
- ސައިޓްތަކުގެ އުފެއްދުންތައް ސައްޙަތޯ ކަށަވަރުކުރުމާއި އެކު މަސައްކަތުގެ ފެންވަރުބަލާ ކަށަވަރުކުރުން.
- ހުރިހާ ޓެސްޓް ރިޕޯޓްތަކާއި، ފެންވަރު ރަނގަޅު ލިޔެކިޔުންތަކާއި، ރެކޯޑްތައް އުފައްދައި ރައްކާތެރިކުރުން. ދިރާސާގެ ހޯދުންތައް މާނަކުރުމާއި ތަޙުލީލުކުރުމުގެ ޤާބިލުކަން ހުރުން
- ރެކޯޑްތައް އުފެއްދުމާއި ތައްޔާރުކުރުން: ދިރާސާ ކުރުމަށާއި ފެންވަރު ބެލޭނޭހެން ހުރިހާ ޓެސްޓް ރިޕޯރޓް ތަކާއި ފެންވަރު ރަނގަޅު ލިޔެކިޔުންތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
- ފެންވަރު ބެލުމަށް ހުށައަޅާފައިވާ ލިޔުންތަކުގެ ތެރޭގައި .ތަކެތި، ފައިދާ، ޚަރަދު އަދި ޤާނޫނީ އެންމެހާ ކަންކަން ބެލެހެއްޓުން.
|