ދިވެހިރާއްޖެ
އިޢުލާން
ދަމަނަވެށިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން 3(ތިނެއް) އަހަރުގެ މުއްދަތަށް ލެބޯޓްރީގެ ޚިދުމަތް އައުޓްސޯސް ކޮށްގެން ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓަރ ޝީޓް ފުރުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް ހެލްތުގެ ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ޖުލައި 2025 ވާ ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
15 މުޙައްރަމް 1447