ދިވެހިރާއްޖެ
އަޅުގަނޑުމެން ފޯރުކޮށްދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް ރ އަތޮޅު ކައުންސިލް އިދާރާގެ ވަށާފާރު ރާނައިދީ، ގޯތިތެރޭގައި ވޯކްވޭއެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކުރަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތަށްކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓްރީވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމުގައި ރެޖިސްޓަރވުމަށް މި އިއުލާނުގައި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު [email protected] އަށް ސުންގަޑި ހަމަވުމުގެ ކުރިން ފޮނުވުން އެދެމެވެ.
ހަރަކާތް | ތާރީޚް | ސުން ގަޑި |
ތަން |
ބީލަމުގައި ރެޖިސްޓްރީވުން | 21 ޖުލައި 2025 | 13:00 | ރ އަތޮޅު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
މައުލޫމާތު ސާފު ކުރުން | 24 ޖުލައި 2025 | 13:00 | ރ އަތޮޅު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
އަންދާސީ ހިސާބު ހުށަހެޅުން | 31 ޖުލައި 2025 | 13:00 | ރ އަތޮޅު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580556، 6580562 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
____________________________________________
މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: [email protected]