މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ރ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ؛

މިކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި ކޯޓު ހިންގާ އިމާރާތަށް ބައެއް ބަދަލު ގެނައުމުގެ މަސައްކަތް، މި ކޯޓުން ފޯރުކޮށްދޭ މައުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި  ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް، ތިރީގައިވާ މަޢުލޫމާތުތައް ހިމެނުމަށްފަހު [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. މިމުއްދަތުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ.

  • ކުންފުނީ/ވިޔަފާރީގެ ނަމާއި، ރަޖިސްޓްރީ ނަންބަރު
  • ވެރިފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް
  • ގުޅޭނެ ފޯނު ނަންބަރު، އީ-މެއިލް އެޑްރެސް

މިއިޢުލާނާއި  ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ  2025 ޖުލައި 21 ވާ ހޯމަ ދުވަހުގެ  މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 13:00 ގައި ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގައެވެ. މިމަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިމަސައްކަތައް އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ، "ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ" ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތައް އެފަރާތަކުން ހުށަހަޅާ އަގުގެ މަސައްކަތް ކުރެވޭ ކެޓަގަރީގެ ފަރާތަކަށް ވާންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވި މީހެއްކަން އެނގޭނެފަދަ ލިޔުމަކާއި ހާޟިރުވާފަރާތުގެ އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

 މިމަސައްކަތުގެ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ކުރެހުން ސެޓް އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.

 

15 މުޙައްރަމް 1447ހ.

10 ޖުލައި 2025މ

10 ޖުލައި 2025
ހޯދާ