ދިވެހިރާއްޖެ
މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ އަތުން އިތުރަށް ނަގަން ހަމަޖެއްސި %6 ގެ ޓެކްސްއާގުޅޭ ގޮތުން ދަންނަވަމެވެ. މި މިނިސްޓްރީން ދީފައިފައިވާ ސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވަރސިޓީ/އިންސްޓިޓިއުޓްތަކުން މި މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި އެ ޓެކްސް ހިމެނުމުން، މިހާރުވެސް ފައިސާދައްކަމުން ދާގޮތަށް އެ އަދަދުވެސް ހިމަނައިގެން، ފައިސާ ދައްކަމުންގެންދާ ގޮތަށް ވަނީ ހަމަޖައްސާފެއެވެ. މިބަދަލާއި ގުޅިގެން މި މިނިސްޓްރީން ދޫކުރާ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސް ފީ ގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުގެ އެދުމުގެ މަތީން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ވީމާ، އެކަމަށް އެދޭ، ދަރިވަރުން
|
ގޫގުލް ލިންކް: https://forms.gle/LHwgjTf2V5ZBRAuv5