ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލް މަރާމާތުކުރުމާއި ގުޅޭ
މި ކައުންސިލުން ހިންގާ (ކައުންސިލް ޕްރީސްކޫލް)ގެ ޢިމާރާތް މަރާމާތު ކުރުމާއި އަދި ޕްލޭ އޭރިޔާގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރި ވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 16 ޖުލައި 2025 ގެ 12:00 ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަމުގެ ރަޖިސްޓްރީ ވާ ފަރާތްތަކަށް 17 ޖުލައި 2025 ގެ މަޢުލޫމާތު ޝެޝަނަށްފަހު އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
# |
ތަފްސީލް |
ތަން |
ތާރީޚް |
ގަޑި |
1. |
ބީލަމުގައި ރަޖިސްޓްރީވުމަށް |
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected] އަށް މެއިލް ކުރައްވައިގެންނެވެ. |
13 ޖުލައި 2025 އިން 16 ޖުލައި 2025 އަށް |
12:00 އަށް |
2. |
ބީލަމުގެ މަޢުލޫމާތު ސެޝަން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
17 ޖުލައި 2025 |
13:00 ގައި |
3. |
ބީލަމުގެ މަޢުލޫމާތު ކަރުދާސް ފޮނުވުން |
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ. |
17 ޖުލައި 2025 |
14:00 ކުރިން |
4. |
ބީލަން ހުށަހެޅުން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
21 ޖުލައި 2025 |
13:00 އަށް |
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
15 މުޙައްރަމް 1447
10 ޖުލައި 2025