މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލޭގެ މާފަންނުން ތަނެއް ކުއްޔަށް ހިފުމަށް އަލުން ހުޅުވާލުން

1. ބީލަމާއި ބެހޭ މަޢުލޫމާތު: 

މިކުންފުނީގެ ފަރާތުން ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މާލޭގެ މާފަންނުން ތަނެއް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2025/89 (23 ޖޫން 2025)ގެ އިޢުލާނާއި ގުޅިގެން މި ކުންފުނިން ބޭނުންވާފަދަ ތަނެއް ކުއްޔަށްދޫކުރުމަށް، އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މިދެންނެވި އިޢުލާން ބާތިލްކޮށް ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން:

ތާރީޚް:

20 ޖުލައި 2025

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ

ގަޑި:

11:30

2ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]

 

10 ޖުލައި 2025
ހޯދާ