ދިވެހިރާއްޖެ
ކޮމިއުނިކޭޝަން ސްޕެޝަލިސްޓް
އެކްސެލަރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ޙަރަދުތަކަށް ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭ އެހީގެ ބައެއް މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މި މިނިސްޓްރީއިން ހުޅުވާލަމެވެ.
މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" (ޕްރޮކިއުމަންޓް ރެގިއުލޭޝަން")ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 21 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ
ވެލާނާގެ، 5ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، 20096، ދިވެހިރާއްޖެ
ފޯނު: 3019219
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ ބަޔާންކުރެވިފައިވާ އީމެއިލް އެޑްރަހަށް އީމެއިލް ކުރެއްވުން އެދެމެވެ.