ދިވެހިރާއްޖެ
ހއ.ބާރަށު މާކޮޅު ރުއްގަނޑު ވަރުވާ އަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ މި ރުއްގަނޑު ކުއްޔަށް ހިފުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. ވީމާ މި ރުއްގަނޑު ވަރުވާއަށް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި ރުއްގަނޑު ވަރުވާ އަށް ކުއްޔަށް ހިފަން ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އާންމު ފަރާތްތަކަށެވެ. ވަރުވާއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ކުއްޔަށް ހިފުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި އިޢުލާން ނަމްބަރު، ހުށަހަޅާ ފަރާތުގެ ވިޔަފާރި ރެޖިސްޓްރޭޝަން ނަމްބަރު, ފޯނު ނަމްބަރު އަދި ފޮނުވާ ފަރާތުގެ ނަމާއި މަޤާމު،ހިމަނަންޖެހޭނެއެވެ.
| 
 ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.  | 
 21 ޖުލައި 2025 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް.  | 
| 
 ޕްރި-ބިޑް ބައްދަލުވުން.  | 
 21 ޖުލައި 2025 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.(ޕްރިބިޑް ބައްދަލުވުމުގައި ބައިވެރިނުވިނަމަވެސް ބީލަން ހުށަހެޅުމަށް ރަޖިސްޓަރކޮށްފައިވާނަމަ ބީލަން ހުށަހެޅޭނެއެވެ).  | 
| 
 ބީލަން ބަލައިގަތުމާއި ހުޅުވުން.  | 
 04 އޮގަސްޓް 2025 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.  | 
އަގު ހުށައެޅުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500173 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
15 މުޙައްރަމް 1447
