މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖުލައި 12 އިން 14 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް

                   އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖުލައި 12 އިން 14 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

10 ޖުލައި 2025
ހޯދާ