ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރ. ދުވާފަރު ދަންޑަހެލު ފުޓުބޯޅަ ދަނޑުގައި އަމިއްލަ ބައެއް ފަރާތްތަކުން ބަހައްޓާފައިހުރި ބައެއް ތަކެތި ހުރިކަންވަނީ މި ކައުންސިލަށް ފާހަގަ ކުރެވިފައެވެ. އެ ތަނަކީ މި ކައުންސިލުން ސާފުކޮށް ބަލަހައްޓަމުންދާ ތަނަކަށްވާއިރު، އަމިއްލަ ފަރާތްތަކުގެ ބައުތަކެތި ދަނޑުގައި ބަހައްޓާފައި ހުރުމުން އެތަން ސާފު ތާހިރުކޮށް ބެލެހެއްޓުމަށް ވަރަށްބޮޑަށް ދަތިވެއެވެ.
ދަނޑަކީ ތަފާތު ކުޅިވަރުތައް ކުޅުމަށާއި ކަސްރަތު ކުރުމާއި ހިނގަން ބޭނުންވާ އެކި އުމުރު ފުރައިގެ މީހުންނާއި ކުދީން ގޮސްއުޅޭ ތަނަކަށްވާއިރު އެގޮތަށް އެފަދަ އެއްޗެހި ބަހައްޓާފައި ހުރުމުން ދަނޑުގެ ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވުމުގެ އިތުރަށް ފަހަރެއްގައި އަނިޔާއެއް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މި އަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ތަކެތީގެ ވެރިފަރާތުން ތަކެތި ދަނޑުންނެރެ ގެންދެވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި ދަނޑުގައިހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނު ގެންގޮސްފިނަމަ، އެތަކެތީގެ ވެރިފަރާތެއްނެތީ ކަމުގައި ބަލައި އެތަކެތި މި ކައުންސިލަށްނަގައި ނައްތާލެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.