ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ މީހުން ދިރިއުޅޭ ރަށްރަށުގައި އޭޓީއެމް ބޫތު ބެހެއްޓުމުގެ ޕްރޮޖެކްޓްގެ ތެރެއިން ކޮޅުމަޑުލު ކަނޑޫދޫގައި ބެހެއްޓުމަށް ނިންމާފައިވާ ބޫތު ބެހެއްޓުމަށް އިމާރާތްކުރާ، އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރެވުނު އިއުލާނު ނަންބަރު: (IUL)387/387/2025/26 އިއުލާނާއި ގުޅިގެން އަގު ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމުން އެއިއުލާނު ބާތިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2025 ވަނަ ދުވަހުން ފެށިގެން 16 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަން ރަޖިސްޓްރީ ކުރާ ފޯމު މި އިދާރާއަށް ހުށައަޅައި ބީލަން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަންފޮތް ވިއްކާ އަގަކީ -/100 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީކުރާ ފޯމު ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ އެކައުންޓް ( 7725700437001 1437 Revenue1 ) އެކައުންޓަށް ފައިސާ ޖަމާކޮށް ސްލިޕް މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ބަލައިގަތުމާއި ޕްރީ ބިޑް މީޓިންގް އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިމިވާ ތާވަލްގައިވާ ގޮތުގެ މަތިން އެދުވަސްތަކާއި ގަޑިތަކުގައެވެ.
ބީލަން ވިއްކުން |
2025 ޖުލައި 16 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް |
ޕްރީބިޑް މީޓިންގް |
2025 ޖުލައި 17 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ތ.ކަނޑޫދޫ ކައުންސިލްގެ އިދާރާގައި |
ބީލަން ހުށައެޅުމާއި، ބީލަން ހުޅުވުން |
2025 ޖުލައި 21 ވަނަ ދުވަހު ހެނދުނު 10:30 ގައި ތ.ކަނޑޫދޫ ކައުންސިލް އިދާރާގައި |