ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި ދެމެދު ވެފައިވާ އެމެ.އޯ.ޔޫ އެއްގެ ދަށުން، 2025 ޖޫން 4 ވަނަ ދުވަހުން ފެށިގެން މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމަޔަށް ހިންގުން ވަނީ އެމް.ޕީ.އެލް އާއި ހަވާލުކުރެވިފައެވެ. އެހެންކަމުން މި ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމުގައި ދަންނަވަމެވެ.
ވީމާ، މި ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތައް 2025 އޮގަސްޓް 1 ގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. އަދި 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހާބަރުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް މި ހާބަރު ހިންގުމުގެ އުސޫލުގައި ވާގޮތަށް އަމަލުކުރަންފަށާނެ ވާހަކަ ދަންނަވަމެވެ. މި ހާބަރު ހިންގުމުގެ އުސޫލާއި ޓެރިފް މީގެ ކުރިން ވާނީ ގެޒެޓް ކުރެވިފައެވެ.
އަދި، މި ހާބަރުން ހިދުމަތް ދޭނީ މި ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށެވެ. ( ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.) މި ކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ބޭނުންވާނަމަ، މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅުވުން އެދެމެވެ.