ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޑިޔުކޭޝަން

އިޢުލާން

 

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ)  އިން އެޑިޔުކޭޝަން އަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 05 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 ކޯހާ ބެހޭ އިތުރު މަޢުލޫމާތު  ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv  އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލާ ނާދިޔާ އަޙްމަދު (ފޯން: 3345300، އީމެއިލް: [email protected]) އަށެވެ.

  

ފެކަލްޓީ އޮފް އެޑިޔުކޭޝަން

ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޑިޔުކޭޝަން

ތަޢާރަފް

އެޑިޔުކޭޝަން ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެއެވެ.

  • ކަރިކިއުލަމް/އެޑިޔުކޭޝަނަލް ރިފޯމް Curriculum/Educational Reform
  • އެޑިޔުކޭޝަނަލް ޗޭންޖް އެންޑް އިނޮވޭޝަން Educational Change and Innovation
  • އެޑިޔުކޭޝަނަލް ލީޑަރޝިޕް Educational Leadership
  • އެޑިޔުކޭޝަނަލް ޕޮލިސީ Educational Policy
  • ކަރިކިއުލަމް ޑެވެލޮޕްމަންޓް Curriculum Development
  • ޕެޑަގޮޖިކަލް ޕްރެކްޓިސް Pedagogical Practice    
  • އިސްލާމިކް އެޑިޔުކޭޝަން Islamic Education
  •  ފިލޯސޮފީ އޮފް އެޑިޔުކޭޝަން Philosophy of Education
  • ސޯސިއޮލޮޖީ އޮފް އެޑިޔުކޭޝަން Sociology of Education
  • ސަސްޓެއިނަބިލިޓީ އިން އެޑިޔުކޭޝަން Sustainability in Education
  • ހިއުމެނިޓީސް އެންޑް ސޯޝަލް ސައިންސަސް އިން އެޑިޔުކޭޝަން Humanities and Social Sciences in Education
  • އެޑިޔުކޭޝަން ޓެކްނޯލޮޖީ އެންޑް ޕެޑަގޮޖީ Educational Technology and Pedagogy
  • ޓީޗަރ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް Teacher Professional Development
  • ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ސްކިލް ޑެވެލޮޕްމަންޓް Vocational Education and Skill Development
  • އިންޓަނޭޝަނަލައިޒޭޝަން އޮފް އެޑިޔުކޭޝަން Internationalization of Education
  • މެތަމެޓިކްސް އެޑިޔުކޭޝަން Mathematics Education
  • އެސެސްމަންޓް Assessment

 

ކޯހުގެ މުއްދަތު: ފުލްޓައިމް 3-4 އަހަރު

ކޯހުގެ މުއްދަތު: ޕާރޓްޓައިމް 6-8 އަހަރު

 

ކޯހަށް ވަނުމުގެ ޝަރުޠު

  1. އެޑިޔުކޭޝަން ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި
  2. ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. އަދި
  3. ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.
  • ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިނގިރޭސި ބަހުގެ ފެންވަރު

IELTS އިން ދަށްވެގެން 6.0 ލިބިފައިވުން ނުވަތަ ކެމްބްރިޖް ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީ.އޭ.އީ) އިން ދަށްވެގެން "ސީ" ފާހެއް ލިބިފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

 

އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ގެ ސަނަދާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ
  • ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ގްރޭޑިންގ ކްރައިޓީރިއާ
  • ރިސާރޗް ޕްރޮޕޯސަލް
  • ހުށަހަޅާ ފަރާތުގެ ވަނަވަރު
  • އެޕްލިކޭޝަނަށް ބާރުދޭ އެހެނިހެން ލިޔެކިޔުން

 

ނޯޓު: ދިވެހިރާއްޖެއިން ބޭރުން ޙާސިލުކޮށްފައިވާ ސަނަދެއްނަމަ ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކުރެވިފައެވެ. އަދި މީގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ހުންނަންވާނީ އެޓެސްޓް ކޮށްފައެވެ.

  

އިތުރު މަޢުލޫމާތު

  

  • ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 Statement of Intent Information of PhD_English.pdf  

  

  • ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 8760.00 (އައްހާސް ހަތް ސަތޭކަ ފަސްދޮޅަސް) ރުފިޔާ އެވެ. ފީ އާއި ބެހޭ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.

http://mnu.edu.mv/course-fees

 

  • މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާރޗް ޕްރޮޕޯސަލްގެ ފެންވަރަށެވެ.

 

  • ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.

.

10 ޖުލައި 2025
ހޯދާ