ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން - ޖުލައި 2025
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖުލައި މަހުގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން 2024 ޖުލައި 19 ވާ އާދީއްތަ ދުވަހުގެ ރޭ 20:15 ގައި ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި އަންނަނިވި މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރެވޭނެއެވެ:
- ކައުންސިލްގެ 2025 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު ހިނގާދިޔަ ގޮތުގެ ރިޕޯޓު.
- 2025 ވަނަ އަހަރުގެ ބާކީ އޮތް މުއްދަތުގައި ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު.
- 2026 ވަނަ އަހަރު ހިންގުމަށް ކައުންސިލުން ތާވަލުކޮށްފައިވާ ޙަރަކާތްތަކާއި، އެ ޙަރަކާތްތަކަށް ލަފާކުރާ ބަޖެޓު.
ވީމާ، މި މުހިންމު ބައްދަލުވުމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުމަށް އިޙްތިރާމާއެކު ދަންނަވަމެވެ.
09 ޖުލައި 2025
ހޯދާ