Road Development Corporation Limited
Maldives
ވަޒީފާގެ ފުރުޞަތު (ސީނިއަރ ވީޑިއޯގްރާފަރ)

Cancelled on 09 July 2025 18:12


 ވަޒީފާގެ ފުރުޞަތު (ސީނިއަރ ވީޑިއޯގްރާފަރ)

މި ކޯޕަރޭޝަންގެ ތިރީގައިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ސީނިއަރ ވީޑިއޯގްރާފަރ

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 5

 އަސާސީ މުސާރަ:

 މަހަކު -/8,000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ 25%

 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ     ދެވޭނެއެވެ.

 މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ، މަޤާމާއި   

 ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ   ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ   އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 -  މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން.

 ނުވަތަ،

 - ޖީ.ސީ.އީ އޭ އޭލެވެލް ފުރިހަމަކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން   މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ.

 - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން   މަދުވެގެން  02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ   ލިބިފައިވުން.

 އަދި މީގެއިތުރުން:

 - ޓީމެއްގައި މަސައްކަތް ކުރުމުގެ ގާބިލިއްޔަތުކަން ހުރުން

 - ވަގުތައް މަސައްކަތް ނިންމުމުގެ ގާބިލިއްޔަތުކަން ހުރުން

 - ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު    ލިބިފައިވުން.

 އެމްއެސް އޮފީސް ޕެކޭޖް ސޮފްޓްވެއާ ޕެކޭޖްތައް ބޭނުންކުރަން އިނގުން

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ކުންފުނީގެ ޕްރޮޖެކްޓް މަސައްކަތްތަކުގެ ވީޑިއޯ ކަވަރޭޖް ނެގުން.

 - ކުންފުނީގެ ނިއުސް އިވެންޓްތަކާއި ޕްރޮގްރާމްތަކާއި އެހެނިހެން ހަރަކާތްތަކުގެ ވީޑިއޯ ނެގުމާއި   އެޑިޓްކޮށް ޚަބަރު އުފައްދާ ފަރާތްތަކާ ޙިއްސާކުރުން.

 - ކުންފުނިން ނެރޭ އޮންލައިން ޕްރިންޓް މީޑިއާއަށް ބޭނުންވާ ވީޑިއޯ ކްލިޕް ނަގައި އެޑިޓްކުރުން.

 - ކުންފުންޏައް ބޭނުންވާ ސްޓޫޑިއޯ އަދި އައުޓްޑޯ ވީޑިއޯ ނެގުން.

 - ނަގާ ވީޑިއޯ ކްލިޕްސް އާކައިވް ކުރުމަށްޓަކައި ލޭބަލްކުރުމާއި ސެންޓްރަލް އާކައިވް          އަޕްޑޭޓްކޮށް  ބެލެހެއްޓުން.

 - ވީޑިއޯގްރާފީގެ ކަންކަންކުރުމަށް ކުންފުނީގައި ބޭނުންކުރާ އިކުއިޕްޓްމަންޓް ތަކުގެ އިންވެންޓްރީ   ބަލަހައްޓާ ކޮންޑިޝަން ބެލެހެއްޓުން (ގެއްލުން ވެއްޖެނަމަ ރިޕެއަރ ކުރާނޭ އިންތިޒާމު   ހަމަޖެއްސުން ނުވަތަ ހަލާކުވެއްޖެނަމަ އިތުރު ޕްރޮޑަކްޓް ހޯދުމުގެ އިންތިޒާމު ކުރުން)

 - ކުންފުނީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ކުންފުނިން އަންގާ ކަންކަން ކުރުން.

 - ކުންފުނީގެ މަސައްކަތްތައް ކަވަރ ކުރުމަށް ޕްރޮޖެކްޓް ހިންގާ ރަށްރަށަށް ރަސްމީދަތުރު ކުރުން.

 - ވީޑިއޯ އެޑިޓްކޮށް ކުންފުނީގެ މާކެޓިންގް އަދި ޕީ.އާރް ބޭނުމަށް ތައްޔާރުކުރާ ރިޕޯޓްތަކުގެ   ކޮންޓެންޓް އާއި އެއްގޮތަށް ވީޑިއޯ ކްލިޕްނެގުމާއި ބޭނުންވާ ގޮތައް އެޑިޓްކުރުމުގެ ޤާބިލްކަން   ހުރުން.

 - ވީޑިއޯގްރާފީއަށް ބޭނުންވާ ޑިޒައިން އަދި ކޮންޓެންޓް އިންޕުޓް ފޯރުކޮށްދިނުން.

 - މަސައްކަތައި ގުޅުންހުރި ޚިޔާލު ދިނުމާއި މަށްސަލަ ހައްލު ކުރުމުގެ ގާބިލިއްޔަތުކަން

 -  ޑެޑްލައިންތަކަށް މަސައްކަތް މެނޭޖްކޮށް ނިންމުމުގެ ޤާބިލުކަން

 ސުންގަޑި:

 -   މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 14 ޖުލައި   2025 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ   މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް   ފޮނުއްވުން އެދެމެވެ.

 -   ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން   ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި   އިޢުލާނާއެކު  ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން   ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް   އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް   ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި   ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ   ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު   ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖުލައި / އޮގަސްޓް މަހުގެ   ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

 14 މުޙައްރަމް 1447

09 July 2025
ހޯދާ