ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުންހިންގާ ފެޑް ސެންޓަރުގެ އަލަށް އެޅި އެކޮމަޑޭޝަން ބިލްޑިންގ އަށް ފެނާއި ކަރަންޓް، ނަރުދަމާ އަދި ގޯތީގައި ހުރި ބައު ސެޑް ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)30-P1/30/2025/117 އިޢުލާނުގެ މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 10:00 |
ކަނދުފަތި ޤާއިމްކުރާ މަރުކަޒު، މިދިލި މަގު، ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން |
އަންދާސީ ހިސާބު ހުށަހެޅުން |
20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 10:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322625 އަދި 3339239 ނަންބަރު ފޯނަށެވެ.