މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑްއޮފީސް އިމާރާތުގެ 7 އަދި 8 ވަނަ ފަންގިފިލާގެ ބޮޑުތަކުރުފާނުމަގާއި ވީ ފަރާތުން އިމާރާތުގެ އެތެރެއަށް ފެންވަންނަ މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 25 ޖޫން 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2025/53 އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުމަށް ދެވުނު މުއްދަތު އިތުރުކުރުމާއި ގުޅޭ

    މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހެޑްއޮފީސް އިމާރާތުގެ 7 އަދި 8 ވަނަ ފަންގިފިލާގެ ބަޑުތަކުރުފާނުމަގާއި ވީ ފަރާތުން އިމާރާތުގެ އެތެރެއަށް ފެންވަންނަ މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)14-PR/1/2025/53  އިޢުލާނާއި ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް ދެވުނު މުއްދަތު 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

    ވީމާ، މި އިޢުލާނަށް ރަޖިސްޓްރީވުމަށް ދެވުނު މުއްދަތުގައި ރަޖިސްޓްރީވި ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެންނެވި ފަރާތްތަކުން، 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

    އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ޖުލައި 2025
ހޯދާ