ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓަރން (އެޑްމިން)

މަޤާމް :އިންޓަރން (އެޑްމިން)
ބޭނުންވާ އަދަދު :1

އިންޓަރންޝިޕް:

އިންޓަރން (އެޑްމިން)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް

އިންޓަރންޝިޕްގެ ބާވަތް:

ކޮންޓްރެކްޓް (06 މަސް ދުވަސް)

އުޖޫރަ:

ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން

މަސައްކަތުގެ ވަގުތު

  • 2 - 4 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)

މަގާމުގެ ޝަރުތު:

  • 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.

ޓްރެއިނިންގ ދާއިރާތައް:

1. ސްޓްރެޓެޖިކް ޕްލޭނިންގ އެސިސްޓެންސް  އަދި އެމް.އެން.ޔޫ އިނޮވޭޓްހަބް ސަޕޯޓް ޓާސްކްސް

  • ސްޓްރެޓެޖިކް އަދި އޮޕަރޭޝަނަލް ޕްލޭނިންގ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ސްޓާޓްއަޕްތަކާއި، ޕާޓްނަރުންނާއި، މެންޓަރުންނާއެކު ބާއްވާ ބައްދަލުވުންތައް ކޯޑިނޭޓްކުރުމުގައި އެހީތެރިވުން.
  • އައުޓްރީޗް ކުރުމުގައި އެހީތެރިވުން: ފޯނުކޯލް ކުރުމާއި، އީމެއިލް ފޮނުވުމާއި، ފޮލޯއަޕް ކުރުން.
  • ގުޅުންހުރި މަސައްކަތްތަކުގެ ލޮޖިސްޓިކްސް އަދި މުޢާމަލާތުކުރުން ހިމެނޭ ގޮތަށް އިވެންޓްތަކާއި ވޯކްޝޮޕްތަކާއި ސެޝަންތައް ތައްޔާރުކުރުމާއި ކޯޑިނޭޓްކުރުމުގައި އެހީތެރިވުން. (ޕްރިންޓްކުރުން، ސެޓްއަޕްކުރުން، ސައިނޭޖް ބެހެއްޓުން، ރަޖިސްޓްރީކުރުންފަދަ ކަންކަން).

2. އިދާރީ އަދި މުވާސަލާތީ މަސައްކަތްތައް

  • އެކިއެކި ބައްދަލުވުންތަކުގެ ކަންކަން އިންތިޒާމްކޮށް، ފޮލޯއަޕް ހެދުމާއި، ގުޅުންހުރި މަސައްކަތްކުރުމާއި، އެޕޮއިންޓްމަންޓް ހެދުމާއި، ސުންގަޑިތައް ގެއްލިގެން ނުދާނެކަން ޔަގީންކޮށް މަސައްކަތްތައް ރާވާލުން.
  • ޑިޖިޓަލް ފައިލްތަކާއި، ރެކޯޑްތަކާއި، ޝެއަރޑް ފޯލްޑަރުތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.

3.  އިންސްޓިޓިއުޝަނަލް ސަސްޓެއިނަބިލިޓީ އިނިޝިއޭޓިވް އަށް ސަޕޯޓް ދިނުން

  • ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ކަންކަމުގެ މަޢުލޫމާތު އެއްކޮށް އަޕްޑޭޓްކުރުމުގައި ބީ.ޑީ އާއި ގުޅުންހިރި މިންވަރަކުން ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ އާއި ގުޅިގެން އެހީތެރިވުން.

4.  ހަވާލުކުރެވޭ އެހެނިހެން ސަޕޯޓް ޑިއުޓީތައް

  • ބީ.ޑީ ގެ ހުރިހާ މަސައްކަތްތަކުގައި ޑެޕިއުޓީ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރަށް އެހީތެރިވުން އަދި ޖަވާބުދާރީވުން.
  • މީގައި ބަޔާންކުރެވިފައި ނެތްނަމަވެސް ބީ.ޑީ ގެ ހުރިހާ މަސައްކަތްތަކެއްގައި ޝާމިލްވެގެންއުޅުން އަދި މަސައްކަތްތަކުގައި އެހީތެރިކަންފޯރުކޮށްދިނުން (އޭގެތެރޭގައި ބީ.ޑީ ގެ އެޑްހޮކް މަސައްކަތްތައް އަދި އެއިން އުފެދޭ އައު މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

16 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2025-80

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • އިންޓަރންޝިޕަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
  • ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ސަމާލުކަމަށް:

  • މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިންޓަރންޝިޕަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
09 ޖުލައި 2025
ހޯދާ