ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޑްރައިވިންގ ލައިސެންސް ތިއަރީ އަދި ޕްރެކްޓިކަލް އިމްތިޙާން އޮންނަ ދުވަސްތަކާއި ގަޑިތައް
އިޢުލާން
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޑްރައިވިންގ ލައިސެންސް ތިއަރީ އަދި ޕްރެކްޓިކަލް އިމްތިޙާން އޮންނަ ދުވަސްތަކާއި ގަޑިތައް
ލައިސެންސް ނެގުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތިއަރީ (އިމްތިޙާން) އަދި ޕްރެކްޓިކަލް ޓެސްޓް ކުރިއަށް ގެންދެވޭނެ ދުވަސްތަކާއި ގަޑިތައް ތިރީގައި މިވަނީއެވެ.
- ތިއަރީ އިމްތިޙާން އަދި ޕްރެކްޓިކަލް ޓެސްޓް އޮންނަ ދުވަސްތައް:
- ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަސް.
- މި ދެދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި އިމްތިޙާން އަދި ޕްރެކްޓިކަލް ޓެސްޓެއް ނޯންނާނެއެވެ.
- ތިއަރީ އިމްތިޙާން ގަޑި:
- 11:30 އިން 13:30 އާ ދެމެދު.
- ޕްރެކްޓިކަލް ޓެސްޓް ގަޑި:
- ޕްރެކްޓިކަލް ޓެސްޓް އޮންނަ ދުވަހުގެ 1 ދުވަސް ކުރިން، ޓެސްޓް ހަދާ ފަރާތްތަކަށް ވަގުތު (ގަޑި) އަންގާނެއެވެ.
- މުހިންމު ނުކުތާ:
- އިމްތިޙާނުތައް އަދި ޕްރެކްޓިކަލް ޓެސްޓް ކުރިއަށް ގެންދެވޭނީ މިކަމަށް ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- ލައިސެންސްއަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކުންވެސް، މިހާރު ޢަމަލުކުރަމުންދާ އުސޫލުން، އީފާސް މެދުވެރިކޮށް ސިމްސްޕޯޓަލް ތެރެއިން ލައިސެންސްއަށް ހުށަހެޅުން އެދެމެވެ.
- އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ނަންބަރު 4002064 އާއި ގުޅުއްވުން އެދެމެވެ.
- ރަށުން ބޭރު ފަރާތްތައް:
- ރަށުން ބޭރުން ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓަށް ދުރުވާ ބޭފުޅުން، އެފަރާތްތައް ޝެޑިއުލްކޮށް، ވަގުތު އެންގުމުން ދަތުރު ކުރުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.
14 މުޙައްރަމް 1447
09 ޖުލައި 2025
09 ޖުލައި 2025
ހޯދާ