ދިވެހިރާއްޖެ
2025 ވަނަ އަހަރު ވ.ފެލިދޫން ގޯތި ދޫކުރުމަށްޓަކައި މިކައުންސިލުން އެކުލަވާލާފައިވާ "ވ.ފެލިދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2025" އާއްމުންގެ ހިޔާލަށް ހުޅުވާލަމެވެ.
ވީމާ، މިއުޞޫލަށް އަދި އުޞޫލުގެ ޖަދުވަލް 1 ގައި ބަޔާންކޮށްފައިވާ ޕޮއިންޓްދޭ މިންގަނޑަށް އިސްލާހެއް ނުވަތަ ހިޔާލެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ނުވަތަ މިކައުންސިލްގެ އީމެއިލް [email protected] އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީގައި ބަދަލުގެންނަން ބޭނުންވާ މާއްދާ ނުވަތަ ޕޮއިންޓް ސާފުކޮށް ބަޔާންކޮށްދެއްވުން އެދެމެވެ.
މިއިޢުލާނާއިއެކު "ވ.ފެލިދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2025" އަދި "ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑު" އެއްހީރަސްކޮށްފައިވާނެއެވެ.