މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
29 ވަނަ އެމް.ބީ.އޭ ޗެމްޕިއަންޝިޕް (އަންހެން ޑިވިޝަން)

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 10 އިން 31 އޮގަސްޓް 2025 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 29 ވަނަ އެމް.ބީ.އޭ ޗެމްޕިއަންޝިޕްގެ، އަންހެން ޑިވިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ކުލަބް/ޖަމްޢިއްޔާ ތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑިތައް ހަމަވުމުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އަންގަވައިދެއްވުން އެދެމެވެ.  

  • އެމް.ބީ.އޭގެ މެމްބަރ ކްލަބްތައް: 30 ޖުލައި 2025 (ބުދަ)، 13:00ގެ ކުރިން
  • އެމް.ބީ.އޭގައި އަލައް މެމްބަރަކަށް ވާން އެދޭ ކްލަބްތައް: 24 ޖުލައި 2025 (ބުރާސްފަތި)، 16:00ގެ ކުރިން

އާ ކަލްބަތައް މުބާރާތުގައި ބައިވެރިވުމަށް އެދުމުގެ ކުރީން މި އެސޯސިއޭޝަނުގެ މެމްބަރޝިޕް ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު މި އެސޯސިއޭޝަނުގެ މެއިލް އެޑްރެސް [email protected] އަށް ހުށަހަޅުއްވަން ވާނެއެވެ.

މިހާރު ރަޖިސްޓްރީކޮށްފައިވާ ކުލަބް/ޖަމްޢިއްޔާ ތަކުންވެސް މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާނަމަ އެކަން އަންގަވާނީ އީމެއިލް މެދުވެރިކޮށް މި އެސޯސިއޭޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

މި އިޢުލާނާއި އެކު މުބާރާތުގެ ޤަވާއިދު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

09 ޖުލައި 2025
ހޯދާ