ދިވެހިރާއްޖެ
އިޢުލާން
ގއ. ވިލިނގިލީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތާއި، ޕާރކުތައް ރޭނުމުގެ މަސައްކަތް އަދި ޕާރކުތަކުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމާއި ބެހޭ
ގއ. ވިލިނގިލީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތާއި، ޕާރކުތައް ރޭނުމުގެ މަސައްކަތް އަދި ޕާރކުތަކުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ އިޢުލާން ނަންބަރ (IUL)407-CA407/407/2025/17 އާއި ގުޅިގެން ހުށަހެޅާފައިވާ އެސްޓިމޭޓްގެ ބިޑް ރެޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަ ކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް ގއ. ވިލިނގިލީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތާއި، ޕާރކުތައް ރޭނުމުގެ މަސައްކަތް އަދި ޕާރކުތަކުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފީމެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 09 ޖުލައި 2025 ވާ އަންގާރަ ދުވަހުން ފެށިގެން 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް" ފުރުމަށްފަހު، އީމެއިލް އަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ، ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 09 ޖުލައި 2025 އިން 15 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް |
ބީލަން ހުށަހެޅުން: 17 ޖުލައި 2025 ވަނަ ދުވަހުގެ 11:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި |
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6822503 އަށް ގުޅުއްވުން އެދެމެވެ.