ދިވެހިރާއްޖެ
އިޢުލާނު
|
|
|||||||||||||
މަޤާމް: |
ކޮމްޕިއުޓަރ ޓެކްނީޝަން |
|||||||||||||
މަޤާމްގެ ނަންބަރ |
J-415065 |
|||||||||||||
ބޭނުންވާ ޢަދަދު: |
1 |
|||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
|||||||||||||
މަޤާމުގެ ރޭންކު: |
އެމް.އެސް 1 |
|||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ރ.އަލިފުށި ސުކޫލް |
|||||||||||||
މުސާރަ: |
-/5610 ރުފިޔާ (މަހަކު) |
|||||||||||||
ސަރވިސް އެލަވަންސް: |
-/2000 ރުފިޔާ (މަހަކު) |
|||||||||||||
ސަޕޯރޓިންގ ކޯ އެލެވެންސް: |
-/700 ރުފިޔާ (މަހަކު) |
|||||||||||||
އެހެނިހެން އެލަވަންސް: |
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އިތުރު އިނާޔަތްތައް - ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 |
|||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:. |
- ކޮމްޕިޔުޓަރުތަކާއި ކޮމްޕިޔުޓަރ ނެޓްވޯކާއިބެހޭ އެންމެހައި ކަންކަން ބެލެހެއްޓުމާއި ކޮމްޕިޔުޓަރުތައް އަޕްޑޭޓްކޮށް ކޮމްޕިޔުޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން - ހުރިހާ ސިސްޓަމަކަށް އެއް ވަރޝަންގެ ސޮފްވެއަރ އަޅާ އެއްގޮތްކުރުމާއި ސޮފްޓްވެއަރ އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި، ބަޖެޓްތަންދިން މިންވަރަކުން އެންޓިވައިރަސް އަޅާ މެއިންޓެއިން ކުރުން. - އިންޓަރނެޓު އަދި ޓެލެފޯނުގެ ނެޓްވޯކިންގ ގެ މަސައްކަތްތައް ބެލެހެއްޓުމާއި އިތުރަށް ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކޮށްދިނުން. - ސަރވަރގެ ކަންކަން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން. - ސްކޫލުގެ އިންޓަނެޓާއި ގުޅުންހުރި ކަންކަން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ދަރިވަރުންނަށް އިންޓަނެޓްގެ ޚިދުމަތް ދިނުމުގެ ކަންކަން ރާވައި މޮނިޓަރކޮށް އެޚިދުމަތް ދަރިވަރުން ބޭނުންކުރަނީ ހެޔޮގޮތުގައިކަން ކަށަވަރުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން. - ސްކޫލުގެ ޕްރިންޓަރ، ފޮޓޯކޮޕީ މެޝިންތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން - ފިންގަރޓެކް މެޝިން އޮޕަރޭޓްކުރުން - ސުކޫލުގެ މުވައްޒަފުންނަށް ސާވަ ޑޮމެއިން ހެނދުމާއި ސްކޫލަށް އަލަށް ވަޒީފާ އަށް ނުކުންނަށް މުވައްޒިފުންނަށް ސްކޫލް ސަވަރ ޑޮމެއިން ހެދުމާއި ސްކޫލްމެއިލް ހަދާ އެމުވައްޒިފހުންނަށް ލޮގިން އަދި މެއިލް ބޭނުންކުރެވޭކަން ޔަޤީން ކުރުން. - ޓެކްނޮލޮޖީ ދާއިރާއިން މިސްކޫލްގެ މުވައްޒަފުންނަށް ތަމްރީން ދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމްކޮށް ހިންގުން. - ސްކޫލުގެ ފޭސްބުކް ޕޭޖް ވެރިއެއްގެ ލަފާގެ މަތިން ބަލަހައްޓާ އަޕްޑޭޓްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން - އެންޓްރާނެޓް އަޕްލޯޑްކޮށް ބެލެހެއްޓުން - ހުރިހާ އައިޓީ މެޝިނަރީ އާއި އިކިއުޕްމަންޓް ފޮޅާ ސާފުކުރުން - ސްކޫލުގައި ބާއްވާ ހުރިހާ މުނާސަބަތުތަކެއްގެ ފޮޓޯނަގައި އެޑިޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން - ޑިޖިޓަލް އެޑިޔުކޭޝަންއަށް ސްކޫލުގައި ޤާއިމުކުރެވިފައިވާ އެންމެހައި ވަސީލަތްތަކާއި ސްކޫލު މާހައުލުގައި ދަރިވަރުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ވަސީލަތްތައް ހަމަޖެހިވާ އިންތިޒާމުތަކުގެ ތެރެއިން ބެލެހެއްޓުން. - ސްކޫލުގެ ސައުންޑާއި ގުޅުންހުރި އެންމެހައި ވަސީލަތްތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި ސްކޫލުގައި ބޭއްވޭ ރަސްމިއްޔާތު އަދި ހަފްލާތަކުގެ ސައުންޑް ސެޓަޕްހަދައި ބެލެހެއްޓުން - ސްކޫލުގެ ކްލާސް ރޫމް،އޭވީ ރޫމް އަދި އެހެނިހެންތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓާރ އަދި ޓީ. މަސައްކަތް ކުރާމިންވަރު ބަލާ ޕްރޮޖެޓަރ ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ހާލަތެއްގައި ބެހެއްޓުން. - ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާ ޓެބްލެޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ސުކޫލުން ވަކިވާ މުދައްރިސުންނާއި ދަރިވަރުންގެ ޓެބްލެޓްތަކުގެ ރެކޯޑާއި އެތަކެތި ބެލެހެއްޓުން
|
|||||||||||||
މަޤާމުގެ ޝަރުތުތައް: މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުނ.ް |
|
|||||||||||||
ތަޢުލީމީ ރޮނގުތައް: |
- ކޮމްޕިއުޓަރ ސައިންސް |
|||||||||||||
ޕްރިފަރޑް ޑިސިޕްލިން |
- ނެތް |
|||||||||||||
ގުޅޭ ވަޒީފާގެ ދާއިރާތައް: |
- އިންފޮމޭޝަން ޓެކްނޮލޮޖީ |
|||||||||||||
މަޤާމުގެ ކޯޑިސިޕްލިން: |
- ކޮމްޕިއުޓަރ ސައިންސް |
|||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ހާޞިލުކޮށްފައިވާ ތަޢުލީމަށް ބަލައިގެން މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން ޤާބިލުކަން ކަށަވަރުކުރުމަށް އިމްތިޙާނެއް ބާއްވައިގެން
|
|||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 16 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އަލިފުށި ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|||||||||||||
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 ޖުލައި 17 ން 2025 ޖުލައި 23 އާ ދެމެދު، އަލިފުށި ސުކޫލުގައެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
|||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580137 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ރެކްރޫޓްމެންޓް އުސޫލު" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ. |
|