މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ޖުމްހޫރީ މައިދާން ކުލަލާ އައުކުރުމަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 09 ޖުލައި 2025 18:00 ގައި ބާތިލް ކުރެވިފައެވެ.


މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ޖުމްހޫރީ މައިދާން ކުލަލާ އައުކުރުމަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ޖުމްހޫރީ މައިދާން ކުލަލާ އައުކުރުމަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 10 ޖުލައި 2025ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގަ އޮނަނާނެއެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 12 ޖުލައި 2025ވާ ހޮނިހިރު ދުވަހުގެ މެންދުރު14:00ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

  • ބީލަމާއިގުޅޭ ސަރވޭ ސެޝަން 12 ޖުލައި 2025ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އަކުން މެންދުރު 12:00އަށް ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 13 ޖުލައި 2025ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
  • އަމީނީ މަގު، މާފަންނު
  • ކ.މާލެ، 20392
  • އީމެއިލް: [email protected]

 

09 ޖުލައި 2025
ހޯދާ