ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ދެވަނަ ޓާމުގެ އިތުރު ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

2025 ވަނަ އަހަރުގެ އޮގަސްޓު މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އޭ.ސީ.ސީ.އޭ އެޕްލައިޑް ނޮލެޖް އަދި އޭ.ސީ.ސީ.އޭ އެޕްލައިޑް ސްކިލްސް ކޯހަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 5 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ވަކިވަކި މޮޑިއުލްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.  މިކޯސްތަކަށް ހޮވޭ ފަރާތްތަކުގެ ތެރެއިން ވަކިވަކި މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ މާއްދާތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ފަހުން އެންގޭނެއެވެ.

މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން ނުވަތަ 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

 

       1- އޭ.ސީ.ސީ.އޭ އެޕްލައިޑް ނޮލެޖް - ފުލްޓައިމް (އިވްނިންގ)  ކ.މާލެ

       2- އޭ.ސީ.ސީ.އޭ އެޕްލައިޑް ސްކިލްސް - ފުލްޓައިމް (އިވްނިންގ)  ކ.މާލެ

  

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

Application announcement 2025 - Term 2

 

 14 މުޙައްރަމް 1447

09 ޖުލައި 2025
ހޯދާ