އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

         ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު  ނަމްބަރ (7/2010) ގެ 107 ވަނަ މާއްދާގައި ބަޔާން ކުރާ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން، 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި، ޤުރުއާނާ ބެހޭ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

  • 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓު ހުށަހެޅުން
  • 2026 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މަސައްކަތު ތާވަލު ހިއްސާ ކުރުން
  • ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން

2026 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މަސައްކަތު ތާވަލު ދިވެހިސަރުކާރުގެ ގެޒެޓުގައި އާއްމު ކޮށްފައި ވާނެއެވެ.

ވީމާ، މިބައްދަލުވުމަށް މަހިބަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

08 ޖުލައި 2025
ހޯދާ