ދިވެހިރާއްޖެ
އިޢުލާން:
އދ.ދަނގެތީ ވަށައިގެންވާ ހުސްބިމުން ވޯޓަރސްޕޯޓްސް ބޭނުންމަށް ބިން ދޫކުރުން:
ކުރިން ކޮށްފައިވާ މި އިދާރާގެ ނަމްބަރ(IUL)352/352/2025/42 އިޢުލާނު ބާޠިލުކޮށް، "އދ.ދަނގެތީ ވަށައިގެންވާ ހުސްބިންތައް ބޭނުންކުރުމާއި ކުއްޔަށްދިނުމާއި ގުޅޭ އުޞޫލު" ގެ ތިން ވަނަ ބާބުގެ ދަށުން ވޯޓަރސްޕޯޓްސް ބޭނުމަށް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން މިވަނީ ހުޅުވާލެވިފައެވެ.
ވުމާއެކު، ވޯޓަރސްޕޯޓްސް ބޭނުމަށް ބިން ކުއްޔަށް ނަގަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ފޮތުގެ އަގަށްވާ -/3,000ރ (ތިންހާސް) ރުފިޔާ މި އިދާރާގެ އެކައުންޓް ނަމްބަރ 7722700488001 އަށް ޖަމާކުރުމަށްފަހު މި އިދާރާއަށް ދުރުވެ ބިޑް ފޮތް ނެންގެވުން އެދެމެވެ. ނުވަތަ ތިރީގައިވާ މަޢުލޫމާތާއިއެކު ފައިސާ ދެއްކި ސްލިޕް މި އިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- އިޢުލާން ނަމްބަރ
- ބިޑް ހުށަހަޅާ ވިޔަފާރީގެ ނަމާއި، އެޑްރެސް، ފޯނު ނަމްބަރ
(ބިޑު ފޮތް ވިއްކާނީ 08 ޖުލައި 2025 އިން 17 ޖުލައި 2025 ގެ ނިޔަލަށެވެ.)
ބިޑް ހުށަހެޅުން އޮންނާނީ 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމް ގައެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680888 އާއި ގުޅުއްވުން އެދެމެވެ. ކުއްޔަށް ދޫކުރާ ބިމުގެ ޗާޓް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.
ވިމާ، މިކަން ޢާންމުކޮށް އެންގުމަޓަކައި އިޢުލާން ކުރީމެވެ.
13 މުޙައްރަމް 1447ހ
08 ޖުލައި 2025މ