އިންޓަރންޝިޕް:
|
އިންޓަރން (އެޑްމިން)
|
ބޭނުންވާ އަދަދު:
|
2
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހެލްތް ސައިންސަސް ލައިބްރަރީ / އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ލައިބްރަރީ / ސެންޓްރަލް ލައިބްރަރީ
|
ވަޒީފާގެ ބާވަތް:
|
އިންޓަރންޝިޕް (09 މަސް ދުވަސް)
|
އުޖޫރަ:
|
މަސައްކަތް ކުރާ ކޮންމެ ދުވަހަކު ގަޑިއިރަކަށް -/60ރ
|
މަސައްކަތުގެ ވަގުތު
|
ރޭގަނޑު 7:00 އިން ރޭގަނޑު 10:00 އަށް
|
ޝަރުތު:
|
'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.
|
ޓްރޭނިންގ ދާއިރާތައް:
|
- ލައިބްރަރީ ގެ ކައުންޓަރުން ދޭ ޚިދުމަތް ތައް އެގަޑިތަކުގައި ދިނުން.
- ލައިބްރަރީއަށް ލިބޭ ފޮތާއި ނޫސް މަޖައްލާއާއި އެހެންވެސް ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދޭތަކެތި ހަމަޖެހިފައި އޮންނަ ނިޒާމުގެ ދަށުން ޕްރޮސެސްކޮށް ބެލެހެއްޓުން.
- ލައިބްރަރީގެ ރިސޯސް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިދިނުމަށް އެކުލަވާލާފައިވާ އުޞޫލްގެ ދަށުން ލައިބްރަރީ ސާރކިޔުލޭޝަން ގެ ތެރޭގައި ހިމެނޭ ފޮތްހޯދުމާއި، ރިޒަރވް ކުރުމާއި، ތަކެތި ދޫކުރުމާއި ބަލައިގަތުމާއި، ލައިބްރަރީ ގައި ހިމެނޭ އީ. ރިސޯސްތައް ބޭނުންކުރާނޭގޮތް އޮޅުންފިލުވައިދިނުމާއި، އެހީތެރިކަން ދިނުން.
- އެމުވައްޒަފަކަށް ހަވާލުކުރެވޭ ޝެލްފްތައް ކަނޑައެޅިފައިވާ އުޞޫލުން ތަރުތީބުކޮށް ބެލެހެއްޓުމާއި، ދުވަހީގޮތެއްގައި ޝެލްފް ރީޑް ކުރުމާއި ބެލެހެއްޓުން.
- ލައިބްރަރީ ގެ އިންވެންޓަރީ ބެލެހެއްޓުމާއި ލައިބްރަރީގެ ރިސޯސްތައް އޮންނަ އުޞޫލުން ކެޓަލޮގް ކުރުމުގައި އެހީތެރިވުމާއި، އަމިއްލައަށް ކެޓަލޮގް ކުރުމަށް މަސައްކަތް ކުރުން.
- ފޮތްތައް ޕްރޯސެސް ކުރުމުގައި ކަނޑައެޅިފައިވާ އުޞޫލުން މަސައްކަތްކުރުމާއި ހަލާކުވެ މަރާމާތުކުރަންޖެހޭ ތަކެތި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު މަރާމާތުކޮށް ސާރކިޔުލޭޝަން ތެރެއަށް ގެނައުމަށް މަސައްކަތް ކުރުން.
- މުވައްޒަފުން ގެ ދަތިކަން ހުންނަގޮތުން އެމް.އެން.ޔޫ.ގެ އެހެންލައިބްރަރީ ތަކުގައި ޚިދުމަތް ކުރަންޖެހިއްޖެ ނަމަ ޚިދުމަތް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2025 ޖުލައި 16 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2025-108
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- އިންޓަރންޝިޕަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
- ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
ސަމާލުކަމަށް:
|
- މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
- އިންޓަރނުން މަސައްކަތް ކުރާނީ 3 ލައިބްރަރީގައެވެ. އެގޮތުން ހެލްތް ސައިންސަސް ލައިބްރަރީ، ބިޒްނަސް ސްޓަޑީޒް ލައިބްރަރީ އަދި ސެންޓްރަލް ލައިބްރަރީ ގައެވެ. ނަމަވެސް މުވައްޒަފުންގެ ދަތިކަން ހުންނަ ގޮތުން އައްޔަންކުރެވޭ ލައިބްރަރީ ނޫން އެހެން ލައިބްރަރީގައިވެސް ޚިދުމަތް ދޭން ޖެހިދާނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
|