ދިވެހިރާއްޖެ
ނަންބަރު: (IUL)242-CA/242/2025/16
އިޢުލާން
"ގދ. އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ކުރިއަށްދާ މުއްދަތުގައި ދަނޑު ސަރަޙައްދުގައި ކެންޓީން ހިންގުމަށް ފުރުޞަތު ހުޅުވާލުން
ގދ. އަތޮޅުކައުންސިލުން 2025 ޖުލައި 26 އިން 2025 އޯގަސްޓް 03ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ "ގދ. އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ މެޗްތައް ކުރިއަށްދާ ވަގުތުތަކުގައި ދަނޑު ސަރަޙައްދުގައި ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖުލައި 10 ވާ ބްރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކަމާގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު: 6841032 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.