ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)
މި މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން 'އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން' (ނެޕް) ނަމުގައި މަޝްރޫޢުއެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ޕްރައިވެޓް އިންޓަރނޭޝަނަލް ކޮންސަލްޓަންޓް އާއި އެކު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މިސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ޔުނައިޓެޑް ނޭޝަންސް ޕްރޮކިއުމަންޓް މެނުއަލް" (DOS/20220.9) (30 ޖޫން 2020) ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
ކޯޓޭޝަން ވެލިޑިޓީ އަދި ހުޅުވުން
ކޯޓޭޝަން ހުށަހަޅާނީ 20 ޖުލައި 2025 ވަނަ ދުވަހު 11:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ އަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީ-މެއިލްގައި ކޮންސަލްޓަންސީގެ ނަން، ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ކޯޓޭޝަން މުއްދަތުގެ ގޮތުގައި ކޯޓޭޝަން ހުށަހަޅާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ .
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
Subject : Proposal for the“Consultancy services for a national expert - Private Sector Engagement Specialist - (IUL)88-NAP/88/2025/348”
Email Address : [email protected]
Copy E-Mail: [email protected]
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް
ދަރުބާރުގެ، މާލެ، 20244،ދިވެހިރާއްޖެ
އީމެއިލް: [email protected]
އީމެއިލް ކޮޕީ: [email protected]
ވެބްސައިޓް: www.environment.gov.mv
އިޢުލާނު ނަންބަރު: (IUL)88-NAP/88/2025/348
ހުށަހެޅީ؛
(ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
ނޯޓް:
މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.